ދ.ކުޑަހުވަދޫ ވިޔަފާރި ބަނދަރު ތަރައްޤީކޮށް ހިންގައި ބެލެހެއްޓުމަށް، އެމްޕީއެލްއާއެކު މިނިސްޓްރީއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ސަޢީދު އެވެ. އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ، ސީއީއޯ އަދި އެމްޑީ (ޑީސީޕީ ރިޓަޔާޑް) މުހައްމަދު ރިޝްވާން އެވެ.