1 ޖެނުއަރީ 2024 އިން ފެށިގެން ކުންފުނީގެ އަހަރީ ފީ ދައްކަން ނުޖެހޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އެހެންނަމަވެސް، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ވޭތުވެދިޔަ އަހަރުތަކުގައި އަހަރީ ފީގެ ގޮތުގައި ދައްކަންޖެހި، ނުދައްކާވާ ފައިސާ ދައްކާ ޚަލާޞްކުރުމުގެ ސުންގަޑިއަކީ 15 ފެބްރުއަރީ 2024 އެވެ.
މިހާތަނަށް ދައްކަންޖެހި، ނުދައްކާވާ ފީ އަދި ޖޫރިމަނާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް އިންލޭންޑް ރެވެނިޔު އޮތޯރިޓީގެ ވާރު ޕޭ ޕްލެޓްފޯމް މެދުވެރިކޮށް ކަމުގައި ދެންނެވީމެވެ.