ނުވަވަނަ ބިޒްނަސް ކައުންސިލްގެ ބައްދަލުވުމުގައި، ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން، ފޮރިން އިންވެސްޓަރުންނަށް، ދިވެހިރާއްޖޭގައި އިންވެސްޓްކޮށް ހަރަކާތްތެރި ވެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން، އަދި ފޮރިން އިންވެސްޓްމަންޓް ޕޮލިސީ ރޯލްއައުޓް ސްޓްރެޓަޖީއާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމުގައި، ބޭންކް އޮފް މޯލްޑިވްސް ގައި، އިންޑިއާގެ ރުޕީ އެކައުންޓް ހުޅުވުމާ ގުޅޭ މައުލޫމާތު އަދި މިފަދަ އެކައުންޓްތައް ހުޅުވުމުން، އިންޑިއާ އާއެކު ވިޔަފާރިކުރުމުގައި ލިބިގެންދާނެ ފަސޭހަތަކާ ގުޅޭ ގޮތުން، ކައުންސިލް މެންބަރުންނަށް މައުލޫމާތު ހިއްސާކުރެވުނެވެ. އަދި އެމްޕީއެލް އިން ބޮންޑެޑް ވެއަރހައުސް ތަކުގެ ފީތަކަށް ބަދަލު ގެނައުމަށް ނިންމުމުން، ވިޔަފާރިވެރިންގެ ހުރި ކަންބޮޑުންތަކާ ގުޅިގެން، އެކަމާ މެދުވެސް މަޝްވަރާ ކުރެވިފައިވެއެވެ.