Skip to content
ހޯމް » އިންޑިޔާ – އޭޝިޔާ ބިޒްނަސް ކޮންކްލޭވްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

އިންޑިޔާ – އޭޝިޔާ ބިޒްނަސް ކޮންކްލޭވްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

އިންޑިޔާ – އޭޝިޔާ ބިޒްނަސް ކޮންކްލޭވްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

ގްލޯބަލް އިންޑިޔާ ބިޒްނަސް ފޯރަމްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ “އިންޑިޔާ – އޭޝިޔާ ބިޒްނަސް ކޮންކްލޭވް 2026” އަދި “އިކޯ ސަސްޓެއިން އެކްސްޕޯ 2026” ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ވިޔަފާރި ކުންފުނިތަކަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ބުނެފިއެވެ.

މި ކޮންކްލޭވްގެ ހަތަރު ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ހައިދަރުއާބާދުގައި، 2026 ވަނަ އަހަރުގެ ޖުލައި 31 އިން އޯގަސްޓް 1 ގެ ނިޔަލަށެވެ.

އިންޑިޔާ- އޭޝިޔާ ބިޒްނަސް ކޮންކްލޭވް އަކީ މި ސަރަހައްދުގައި ބޭއްވޭ ބައިނަލްއަގުވާމީ ވިޔަފާރިތައް އެއްތަނަކުން ގުޅުވާލަދޭ އެންމެ މުހިންމު އެއް ޕްލެޓްފޯމެވެ. މި މައުރަޒުގައި އިންޑިޔާގެ 500 އަށް ވުރެ ގިނަ ވިޔަފާރި ކުންފުނިތަކާއި، ބައިނަލްއަގުވާމީ ވިޔަފާރި ވަފުދުތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސަރުކާރުތަކުގެ މަންދޫބުންނާއި ޑިޕްލޮމެޓުން ބައިވެރިވާނެއެވެ. އަދި އޭޝިޔާ ސަރަހައްދުގެ 20 އަށް ވުރެ ގިނަ ގައުމުން ވިޔަފާރިވެރިން މި ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ކޮންކްލޭވްގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކަށް ގިނަގުނަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި:

  • ބައިނަލްއަގުވާމީ ވިޔަފާރި ނެޓްވޯކިން ފުރުސަތުތައް ހޯދުން.
  • އިންވެސްޓްމަންޓް އަދި ޖޮއިންޓް ވެންޗަރ ފުރުސަތުތައް ދެނެގަތުން.
  • ސެކްޓަރ ބޭސްޑް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުން.
  • އިންޑިޔާގެ މެނިފެކްޗަރުން، އެކްސްޕޯޓަރުން އަދި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކާ ބައްދަލުކުރުން.
  • ދިވެހި އުފެއްދުންތަކާއި ޚިދުމަތްތައް ބައިނަލްއަގުވާމީ މާކެޓަށް ދައްކާލުން.

މީގެ އިތުރުން، އިންފްރާސްޓްރަކްޗަރ، ޓޫރިޒަމް، ރިނިއުއަބަލް އެނަރޖީ، ހެލްތްކެއަރ، އެޑިއުކޭޝަން އަދި ލޮޖިސްޓިކްސް ފަދަ މުހިންމު ދާއިރާތަކުން ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ބިނާކުރުމުގެ ފުރުސަތުވެސް މި ބައްދަލުވުމުގެ ތެރެއިން ފަހިވެގެންދާނެއެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިންތިޒާމްކުރާ ފަރާތުން ކަނޑައަޅާފައިވާ ގޫގުލް ފޯމް (https://shorturl.at/6Oocj) ފުރިހަމަކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީން އިރުޝާދު ދެއްވައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މި ފޯރަމްގެ ރަސްމީ ވެބްސައިޓް www.gibf.biz ބައްލަވާލެއްވުމަށް ނުވަތަ[email protected] އަށް އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.