Skip to content
ހޯމް » ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ފުރިހަމަކޮށްފައިނުވާ އެޕްލިކޭޝަންތައް ފުރިހަމަ ކުރުމަށް ފުރުޞަތު ހުޅުވާލުން

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ފުރިހަމަކޮށްފައިނުވާ އެޕްލިކޭޝަންތައް ފުރިހަމަ ކުރުމަށް ފުރުޞަތު ހުޅުވާލުން

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ފުރިހަމަކޮށްފައިނުވާ އެޕްލިކޭޝަންތައް ފުރިހަމަ ކުރުމަށް ފުރުޞަތު ހުޅުވާލުން

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން، ބައެއް މަރުޙަލާތައް ފުރިހަމަނުކޮށް އަދި ފައިސާ ނުދައްކާ ގިނަ ހުށަހެޅުންތަކެއް ހުރިކަން މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، އެފަދަ އެޕްލިކޭޝަންތައް ފުރިހަމަކޮށް ފައިސާ ދެއްކުމުގެ ފުރުޞަތު، މިއަދުން ފެށިގެން 14 (ސާދަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީން މިވަނީ ހުޅުވާލާފައެވެ.

މިގޮތުން ހުޅުވާލާފައިވާ އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނެނީ:

  •  ކުންފުނީގެ ނަން ރިޒާވްކުރުމަށް އެދި ހުށަހަޅައި، ފައިސާ ދެއްކުމުގެ މަރުޙަލާއާ ހަމައަށް ދިއުމަށްފަހު، ފައިސާ ނުދެއްކުމުގެ ސަބަބުން މުޅިން ފުރިހަމަނުވެ ހުރި އެޕްލިކޭޝަންތައް.
  • ވިޔަފާރި ނުވަތަ ވިޔަފާރީގެ ނަން ރިޒާވްކުރުމަށްފަހު، ރަޖިސްޓްރީކުރުމުގެ މަރުޙަލާ ފުރިހަމަނުކޮށް ހުރި އެޕްލިކޭޝަންތައް.
  •  ވިޔަފާރި ނުވަތަ ވިޔަފާރީގެ ނަން ރިޒާވްކޮށް، ރަޖިސްޓްރީކުރުމަށް ފޯމު ހުށަހަޅައި، ފައިސާ ދެއްކުމުގެ މަރުޙަލާއާ ހަމައަށް ދިއުމަށްފަހު، ފައިސާ ނުދެއްކުމުގެ ސަބަބުން ރަޖިސްޓްރީ މުޅިން ފުރިހަމަނުވެ ހުރި އެޕްލިކޭޝަންތައް.
  • އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން ރިޒާވް ކުރުމަށްފަހު، ނަން ބަދަލުކުރުމަށް ހުށަހެޅުން، މުޅިން ފުރިހަމަ ކުރެވިފައި ނުވާ އެޕްލިކޭޝަންތަށް.
  • އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން ރިޒާވްކޮށް، ނަން ބަދަލުކުރުމަށް ހުށަހެޅުނު ފޯމު ފުރިހަމަކޮށް، ފައިސާ ދެއްކުމުގެ މަރުޙަލާއާއި ހަމައަށް ހުށަހެޅުން ކުރިއަށް ގެންދެވި، ފައިސާ ނުދެއްކުމުގެ ސަބަބުން، ނަން ބަދަލުކުރަން ހުށަހުޅި ހުށަހުޅުން މުޅިން ފުރިހަމަ ކުރެވިފައި ނުވާ އެޕްލިކޭޝަންތަށް.      

ވީމާ، 16 ޖުލައި 2026 ވާ ބުރާސްފަތި ދަވަހު 14:00 ގެ ކުރިން އެޕްލިކޭޝަންތައް ފުރިހަމަކުރައްވައި، ފައިސާ ދައްކަންޖެހޭ އެޕްލިކޭޝަންތަކަށް ފައިސާ ދައްކަވައި ނިންމެވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ފަހުން، ނުނިމި ހުރި އެޕްލިކޭޝަންތައް އިތުރު އެންގުމަކާ ނުލައި ސިސްޓަމުން ބާޠިލުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި އިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ:

ގުޅުއްވުމަށް: 3333188 / 3333169

އީމެއިލް ކުރެއްވުމަށް : [email protected]