Skip to content
ހޯމް » ވިލިމާލޭގައި “މާލެ ޓެކްސީ ލައިން” ގެ ޚިދުމަތް ވަޒީރު މުޙައްމަދު ސަޢީދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފި

ވިލިމާލޭގައި “މާލެ ޓެކްސީ ލައިން” ގެ ޚިދުމަތް ވަޒީރު މުޙައްމަދު ސަޢީދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފި

ވިލިމާލޭގައި “މާލެ ޓެކްސީ ލައިން” ގެ ޚިދުމަތް ވަޒީރު މުޙައްމަދު ސަޢީދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފި

ވިލިމާލޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަގުސަދުގައި “މާލެ ޓެކްސީ ލައިން” ގެ ޚިދުމަތް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، 18 ޖޫން 2026 ގައި ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި ޚިދުމަތަކީ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް އިތުބާރު ހުރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއީ ސަރުކާރުގެ ވަޢުދުތަކާ އެއްގޮތަށް، ދަތުރުފަތުރުގެ ޚިދުމަތްތައް އަވަސްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދިޔަ ނުހަނު ބޮޑު ކުރިއެރުމެކެވެ.