Skip to content
ހޯމް » އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ފުޅާކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި، ވަޒީރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ފުޅާކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި، ވަޒީރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ފުޅާކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި، ވަޒީރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ފުޅާކޮށް، 11 ޖޫން 2026، ގައި ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މިބައި ހުޅުވައިދެއްވުމަށްފަހު، ވަޒީރު ވަނީ ފުޅާކުރެވުނު ފަންގިފިލާ ބައްލަވާލައްވައި، އެތަނުން ލިބެން ހުރި ޚިދުމަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

އެސްޓީއޯއިން މަޢުލޫމާތު ދޭ ގޮތުގައި، ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާއަށް މި ގެނެވުނު ބަދަލަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ލުއިފަސޭހަކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ކުންފުނިން ދޭ ޚާއްޞަ އަހައްމިއްޔަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެކެވެ. މި ފުޅާކުރުމާއެކު، ކަސްޓަމަރުންނަށް ވިޔަފާރިކުރުމުގައި އިތުރު ޖާގަ ލިބި، ތަކެތި ބަލާލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.