މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދަށް އެޑްރެސްކުރައްވައި މީސްމީޑިއާގައި ޝާއިޢުކުރެއްވި ސިޓީއާ ގުޅިގެން މިނިސްޓަރ ވަނީ ޓެކްސީ ނަފާ ލޯން ސްކީމްގެ ދަށުން ލޯނު ލިބިފައިވާ ބައެއް ފަރާތްތަކާއެކު، ކަމާގުޅުހުންހުރި ފަރާތްތައް ހިމެނޭހެން ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ މި ލޯން ސްކީމާ ގުޅިގެން އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ދިވެހި ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ ހުރި މިފަދަ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިނިސްޓްރީން އަބަދުވެސް ކުރަމުންދާނެކަމުގެ ޔަޤީންކަން އަރުވައިފައެވެ.