އުރީދޫ މޯލްޑިވްސްގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރ، ޝާޑީ ގަވަސްމީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމަކީ، މަޤާމުން ވަކިވެވަޑައިގަންނަވާ ސީ.އީ.އޯ، ޚާލިދު ޙަސަން އަލް-ޙަމާދީ އަށް އަލްވަދާޢު ކިޔުމަށް ބޭއްވުނު ބައްދަލުވުމެއްވެސްމެއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ދެފަރާތުގެ ދެމެދުގައިވާ އިސްތިރާޖީ ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި، ރާއްޖޭގެ ޑިޖިޓަލް އީޖާދުތައް ކުރިއަރުވައި، އެ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމާ ގުޅޭގޮތުންނެވެ.