Skip to content
ހޯމް » ދ. މީދޫގައި އެމްއައިބީ އޭޓީއެމްގެ ޚިދުމަތް ފަށައިފި

ދ. މީދޫގައި އެމްއައިބީ އޭޓީއެމްގެ ޚިދުމަތް ފަށައިފި

ދ. މީދޫގައި އެމްއައިބީ އޭޓީއެމްގެ ޚިދުމަތް ފަށައިފި

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ގުޅިގެން ދ. މީދޫގައި އޭޓީއެމްގެ ޚިދުމަތްތައް އިފްތިތާޙްކޮށްފިއެވެ.

މި ރަސްމިޔާތު އިފްތިތާޙް ކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.

މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެންބަރު 2024 ގައެވެ. މި އެއްބަސްވުމާއެކު 23 އޭޓީއެމެއް 19 ރަށެއްގައި ބަހައްޓާނެއެވެ.