ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ވަޒީފާގެ މާހައުލެއް އޮފީސްތަކުގައި ޤާއިމްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
މި ސެޝަން ނަންގަވައިދެއްވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުންނެވެ.
“ވޯކްޕްލޭސް އިންކްލޫޝަން” ގެ ނަމުގައި ކުރިއަށްގެންދިޔަ މި ސެންސިޓައިޒޭޝަން ޕުރޮގުރާމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ވަޒީފާގެ މާހައުލެއް އޮފީސްތަކުގައި ޤާއިމްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ.