އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ، ހައޯ ޖަންގް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ހިނގާ އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުން އޮތީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވަނީ އ.ދ. އާ ގުޅިގެން ރާއްޖޭގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.