Skip to content
ހޯމް » ބ. ތުޅާދޫގައި ސަގާފީ މަރުކަޒެއް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކޮށްފި

ބ. ތުޅާދޫގައި ސަގާފީ މަރުކަޒެއް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކޮށްފި

ބ. ތުޅާދޫގައި ސަގާފީ މަރުކަޒެއް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކޮށްފި

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބ. ތުޅާދޫގައި ސަގާފީ މަރުކަޒެއްޢިމާރާތްކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، އަލްއުސްތާޛު ޢަބްދު ސިޔާޒެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.

މިއީ ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމާއި، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް ޘަޤާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ތެރެއިން ކުރެވިފައިވާކަމެކެވެ.

މި މަރުކަޒުގައި ލިޔެލާޖެހުމާއި، އަތްތެރި މަސައްކަތާއި، ގެތުން އަދި ލަކުޑީގެ މަސައްކަތް ފަދަ ސަގާފީ ހުނަރުވެރި ފަންނުތައް ތަމްރީނު ކުރުމަށް ބޭނުންވާތަންތަން ހިމެނޭނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ލިޔެލާ ޖެހުމާއި އެހެނިހެން ދިވެހިވަންތަ މަސައްކަތްކުރުމަށް ޤައުމީ ފެންވަރުގެ މަރުކަޒެއް އެޅުމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ދިވެހިރާއްޖޭގެ ތާރީޚާއި ޘަޤާފަތާ ގުޅިފައިވާ ލިޔެލާ ޖެހުމާއި އަތްތެރި މަސައްކަތް ދަސްކޮށްދޭ މަރުކަޒެއް ބ. ތުޅާދޫގައި ޤާއިމްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމާ އެއްގޮތަށް ޤާއިމްކުރެވޭ މަރުކަޒެކެވެ.