Skip to content
ހޯމް » ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު)ގެ 246 ވަނަ މާއްދާގެ ދަށުން އާންމުކުރި ލިސްޓުގައި ހިމެނޭ ކުންފުނިތަކާ ގުޅޭ

ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު)ގެ 246 ވަނަ މާއްދާގެ ދަށުން އާންމުކުރި ލިސްޓުގައި ހިމެނޭ ކުންފުނިތަކާ ގުޅޭ

ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު)ގެ 246 ވަނަ މާއްދާގެ ދަށުން އާންމުކުރި ލިސްޓުގައި ހިމެނޭ ކުންފުނިތަކާ ގުޅޭ

މި މިނިސްޓްރީގެ ނަންބަރު (IUL)101-BR/1/2024/85 (22 އޮކްޓޫބަރު 2024) އިޢުލާނާ ގުޅިގެން ދަންނަވަމެވެ.

ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވާލުމަށް ކަނޑައަޅައި، ހަވާލާ ދީފައިވާ އިޢުލާނާއިއެކު ޝާއިޢުކޮށްފައިވާ ލިސްޓްގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން އަލުން ޙަރަކާތްތެރިވުމަށް ނުވަތަ ހިންގުމަށް އެދޭ ކުންފުންޏަކުން، ކުންފުނި އުވާލުމަށް ކަނޑައަޅާފައި އޮތް އޮތުން ބާޠިލުކޮށް އަލުން ޙަރަކާތްތެރިވުމަށް އެދި، ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 246 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފީ އަދި ޖޫރިމަނާ ދެއްކިކަމުގެ ލިޔުމާއެކު 18 ޑިސެމްބަރު 2024 ގެ މެންދުރު 14:00 ގެ ކުރިން މި މިނިސްޓްރީގެ ޕޯޓަލްގެ ޖެނެރަލް ސަރވިސް ރިކުއެސްޓް “Reactivation request: Companies winding up under S.246” މެދުވެރިކޮށް މި މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަތީގައިވާ އިޖުރާއަތު ފުރިހަމަކޮށް މި އިޢުލާނުގައި ކަނޑައަޅާފައިވާ ސުންގަޑިއަށް ހުށަހަޅާފައިނުވާނަމަ، އެއިން ކޮންމެ ކުންފުންޏެއްވެސް އުވާލައި އެކަން ގެޒެޓްގައި ޝާއިޢުކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް، މިނިސްޓްރީގެ ހޮޓްލައިން 1500 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.