ރިޕަބްލިކް އޮފް ޗިލީއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އެކްސެލެންސީ ޖުއާން އަންގުލޯއަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު މަރުޙަބާ ދަންނަވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާގައެވެ. އަދި މިބައްދަލު ކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން ދެފަރާތުން މަޝްވަރާކުރައްވާފައި ވެއެވެ.
ޗިލީއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާއި މިނިސްޓަރ މުޙައްމަދު ސަޢީދު ބައްދަލުކުރައްވާ މަރުޙަބާ ދަންނަވައިފި
- އާންމު
