Skip to content
ހޯމް » ”ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް“ ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތް

”ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް“ ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތް

”ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް“ ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ތައާރަފް ކުރަން ގަސްތުކުރާ “ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް” ސެޓްފިކެޓް ސްކީމްގެ ލޯގޯ ޑިޒައިން ކޮންޓެސްޓެއް ބާއްވަމުންދާތީ، މި ސްކީމަށް ލޯގޯ ހަދަން ދިވެހިރާއްޖޭގައި ތިބި ކްރިއޭޓިވް ޑިޒައިނަރުންނާއި ފަންނާނުންނަށް ދައުވަތު އަރުވައިފިއެވެ.

މި މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް 25،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގެ އިތުރުން، “ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް” ސެޓްފިކެޓް ސްކީމްގެ އޮފިޝަލް ނުވަތަ އޮތޯރައިޒިންގ ލޯގޯގެ ގޮތުގައި ބޭނުންކުރެވޭނީ ކާމިޔާބު ހޯދާ ލޯގޯއެވެ. މި ސްކީމްގެ ދަށުން ރަޖިސްޓްރީކޮށް ވިއްކާ ހުރިހާ އުފެއްދުމެއްގައިވެސް، އެ އުފެއްދުމަކީ އަސްލު މޯލްޑިވިއަން ޕްރޮޑަކްޓެއްކަން ދެނެގަތުމަށްޓަކައި، އޮތޯރައިޒިންގ ސީލް ނުވަތަ ލޯގޯ ޖަހާފައި ހުންނާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 15 ޑިސެމްބަރ 2022 އެވެ.