ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ފުޅާކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބީލަމެއް ނެރެފި އެވެ.
މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޖާގަ ލިބޭ ޓާމިނަލެއްގެ އިތުރުން ކޯލްޑް ސްޓޯރޭޖަކާއި، ކާގޯ ފެސިލިޓީއާއި، އެއާޕޯޓް މަގުތަކާއި، ޕާކިން އޭރިއާއެއް ވެސް ގާއިމް ކުރެވޭނެ އެވެ.