ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް އިފްތިތާޙު ކޮށްދެއްވައިފި!
16 ނޮވެމްބަރު 2024 ގައި، އިފްތިތާޙް ކުރެވުނު ޑިވެލޮޕްމެންޓް ބޭންކް އަކީ، ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އިޤްތިޞާދެއް އަދި ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމަށް، ސަރުކާރުން ގެންގުޅޭ ތަސައްވުރު ޙާސިލް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ބޭންކުގެ މައި އަމާޒަކީ، ރާއްޖޭގެ ބޭންކްތަކާއި، ބައިނަލްއަޤުވާމީ ބޭންކުތަކާއި، މާލީ އިދާރާތަކާ ގުޅިގެން، ހިންގަމުގެންދާ އަދި މުސްތަޤުބަލުގައި ހިންގުމަށް ގަސްދުކުރާ އިޤްތިޞާދީ އަދި އިޖްތިމާއީ ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާއާއި އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.