Skip to content
ހޯމް » ދަ އީޔޫ – މޯލްޑިވްސް ބިޒްނަސް ރައުންޑްޓޭބަލްގެ ދެވަނަ އެޑިޝަން ބާއްވައިފި

ދަ އީޔޫ – މޯލްޑިވްސް ބިޒްނަސް ރައުންޑްޓޭބަލްގެ ދެވަނަ އެޑިޝަން ބާއްވައިފި

ދަ އީޔޫ – މޯލްޑިވްސް ބިޒްނަސް ރައުންޑްޓޭބަލްގެ ދެވަނަ އެޑިޝަން ބާއްވައިފި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔޫރަޕިއަން ޔޫނިއަންއާ ގުޅިގެން އީޔޫ – މޯލްޑިވްސް ބިޒްނަސް ރައުންޑްޓޭބަލްގެ ދެވަނަ އެޑިޝަން ކޯ-ހޯސްޓްކޮށްފައިވަނީ 24 ނޮވެމްބަރ 2022 ގައި ހޮޓެލް ޖެންގައެވެ. މި ސެޝަނަކީ ދިވެހި ސަރުކާރުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ދައްކާލައި، އީޔޫއާއި ދިވެހިރާއްޖެއާއި ދެމެދު އިޤްތިޞާދީ ރޮނގުގައި ޕާޓްނަރޝިޕާއި އެއްބާރުލުން ދިނުމުގެ މަގުތައް ހޯދުމަށް ކުރާ މަސައްކަތުގެ ބައެކެވެ.

ރާއްޖޭގެ އިގްތިސާދީ ތަސައްވުރާއި އިންވެސްޓްމަންޓަށް ހުޅުވާލެވިފައިވާ ފުރުސަތުތަކާއި އީޔޫގެ ގްރީން ޑީލް އާއި އީޔޫއިން ގްރީން ރިކަވަރީއަށް ކުރިއަށް އޮތްތަނުގައި ދޭ އެއްބާރުލުމާ ބެހޭ ގޮތުން ޕްރެޒެންޓޭޝަންތައް ދީފައިވެ އެވެ.

މި ސެޝަންގައި ބައިވެރިވި ވިޔަފާރިތަކަށާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ނެޓްވޯކިންގ އަދި އިންޓަރެކްޓިވް އެންގޭޖްމަންޓަށް މަގުފަހިކޮށްދިނީ ޕެނަލް ޑިސްކަޝަނެއްގެ ތެރެއިންނެވެ.