ކޮޕީރައިޓާއި އެއާއި ގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް ހޭލުންތެރިކުރުމަށާއި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުގައި ކަށަވަރުކޮށްދީފައިވާ ހައްޤުތައް ލިބިގަތުމުގައި ފަންނުވެރިންނަށް ކުރިމަތިވާ އުދަނގޫތަކާއި ގޮންޖެހުންތައް މި މިނިސްޓްރީއާ ޙިއްޞާކުރެވޭނެ ޕްލެޓްފޯމެއް ހޯދައިދިނުމުގެގޮތުން، ފަންނުވެރިންނަށް ޙާއްޞަކޮށްގެން މިނިސްޓްރީއިން އިންތިޒާމުކުރާ ޕަބްލިކް ކޮންސަލްޓޭޝަން ވެބިނަރއެއް 05 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:45 ގައި އޮންނާނެއެވެ.
