ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަޕްސްކިލިންގ އެންޑް ޓްރޭނިންގ އިނިޝިއޭޓިވްގެ ތެރެއިން އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިންގުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރޑީސީ) އާއެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ 22 ޖޫން 2022 ގައެވެ.
އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ދާއިރާއިން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް އަންނަނިވި އެޕްރެންޓިސްޝިޕް ފުރުސަތުތައް އާރޑީސީން ހުށަހަޅާނެއެވެ.
- ކުންފުނީގެ އޮޕަރޭޝަންސް
- ސައިޓް ސުޕަވައިޒް ކުރުން
- އިންވެންޓްރީ މެނޭޖްމަންޓް
- ކުލަލުން
- އޮޓޯމޯޓިވް މެއިންޓެނަންސް
- ފްރިޖް އަދި އެއަރކޮންޑިޝަން މެކޭނިކް
- ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ
- ވެލްޑިންގ
- ވަޑާމުގެ މަސައްކަތް
- ކަރަންޓު މަސައްކަތް
- މެސަންރީ
- ޕްލަމްބިންގ
- ހެވީ ވެހިކަލް އޮޕަރޭޝަން
- ފްރަންޓް އޮފީސް މެނޭޖްމަންޓް