މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެގުމެއް ކަމަށްވާ ވިމެން އިން ސަސްޓެއިނަބަލް އެންޓްރަޕްރިނިއަރޝިޕް (ޑަބްލިއު.އައި.އެސް.އީ) ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު ހދ ހަނިމާދޫގައި 1 އޮކްޓޯބަރ 2022 ގައި ފައްޓަވައިދެއްވައިފި އެވެ.
އަދި މިނިސްޓްރީ އާއި ލައިން އެޖެންސީތައް މެދުވެރިކޮށް އަންހެން ވިޔަފާރިވެރިންނަށް ލިބޭ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. މި ޕްރޮގްރާމް ކުރިއަށް އޮތް މަސްތަކުގައި ކޮންމެ ރަށެއްގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.