Skip to content
ހޯމް » ވައިޕޯގެ އެހީތެރިކަމާއެކު، ދިވެހި ފިލްމު އުފެއްދުންތެރިޔެއް ކަމަށްވާ ރަވީ ފާރޫޤު، ދުނިޔޭގެ ސަމާލުކަމަށް.

ވައިޕޯގެ އެހީތެރިކަމާއެކު، ދިވެހި ފިލްމު އުފެއްދުންތެރިޔެއް ކަމަށްވާ ރަވީ ފާރޫޤު، ދުނިޔޭގެ ސަމާލުކަމަށް.

ވައިޕޯގެ އެހީތެރިކަމާއެކު، ދިވެހި ފިލްމު އުފެއްދުންތެރިޔެއް ކަމަށްވާ ރަވީ ފާރޫޤު، ދުނިޔޭގެ ސަމާލުކަމަށް.

ދިވެހިރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އުފެއްދުންތެރިޔެއް ކަމަށްވާ، އަލްފާޞިލް ރަވީ ފާރޫޤުގެ މަސައްކަތްތައް، މި އަހަރުގެ ޖުލައި މަހު 8 އިން 17 އަށް،ސުވިޓްޒަލޭންޑުގެ ޖެނީވާގައި ބޭއްވުނު ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޯގަނައިޒޭޝަން (ވައިޕޯގެ) 66 ވަނަ އެސެމްބްލީ ހިންގަމުން ދިޔައިރު، އެ ޖަމިއްޔާގެ ވެބްސައިޓުގެ ފްރަންޓް ޕޭޖްގައި، ފާހަގަ ކުރެވިއްޖެ.

. މިއީ، ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ އުފެއްދުންތެރިންނަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ދެކެމެވެ.

ރަވީ ފާރޫޤަކީ، ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޯގަނައިޒޭޝަން( ވައިޕޯ ) އިން ހިންގާ ހަރަކާތެއް ކަމަށްވާ، “އައި.ޕީ ފްރޮމް ދަ ގްރައުންޑް އަޕް: ވަރޗުއަލް ޗެޓް” މި ހަރަކާތުގައި، ދިވެހިރާއްޖެ ތަމްސީލު ކުރުމަށް ގެޒެޓްކުރެވުނު އިއުލާނާ ގުޅިގެން ހޮވިފައިވާ ފަރާތެކެވެ. މިއީ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ވައިޕޯ އަދި ކޮރެޔާގެ ސަގާފަތާއި، ކުޅިވަރާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް ބޭއްވުމުގެ މަޤްޞަދަކީ، އޭޝިއާ ސަރަޙައްދުގެ އުފެއްދުންތެރިންގެ މަސައްކަތްތައް ފާހަގަކޮށް، ރައްކާތެރިކޮށް، އެފަދަ މަސައްކަތްތައް ފުޅާކުރުމާއި، ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރި ކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ.

މި ލައިވް ޗެޓް ޕްރޮގްރާމްގައި، ކްރިއޭޓިވް ޕްރޮޑިސަރ އަލްފާޞިލް ޝާމީން ނިޒާމް އާއި ރަވީ ފާރޫޤު ވަނީ، ދިވެހި ފިލްމު އުފެއްދުންތެރިންގެ މަސައްކަތުގެ ތަޖްރިބާއާއި، ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ގޮތުންނާއި، އެ ބޭފުޅުންގެ މަސައްކަތުގެ ތަޖުރިބާތަކާއި، ރާއްޖޭގެ އޯޑިއޯ ވިޝުއަލް އިންޑަސްޓްރީއާ ގުޅޭ މަޢުލޫމާތު ތަކަށް ބިނާކޮށް، އެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ޔެސް ޓީވީ މެދުވެރިކޮށް، ލައިވް ސްޓްރީމް ކުރި މި ޕްރޮގްރާމް ވަނީ، ވައިޕޯ މެދުވެރިކޮށްޑިސްޓްރިބިއުޓް ކޮށްފައެވެ. މި ޕްރޮގްރާމަކީ، ވައިޕޯގެ “ރައިޓްސް، ކެމެރާ، އެކްޝަން”! އަދި “ފްރޮމް ސްކްރިޕްޓް ޓު ސްކްރީން” މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއްކަން ފާހަގަ ކުރަމެވެ. މިއީ ދިވެހިރާއްޖޭގެ އޯޑިއޯ ވިޝުއަލް މަސައްކަތްތަކުގެ މައުލޫމާތާއި އަޑު، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގެ ސަމާލުކަމަށް ގެނެވުނު ހަަރަކާތެކެވެ.

ވައިޕޯއިން ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ދަށުން، އެކި ޤައުމުތަކުގެ މަސައްކަތްތައް ފާހަގަ ކުރުމަށް ހަމަޖެހިފައި ވެއެވެ. މިގޮތުން، މެލޭޝިއާގެ (މިއުޒިކް އިންޑަސްޓްރީ)، ފިލިޕީންސްގެ (އެނިމޭޝަން އިންޑަސްޓްރީ)، ސައުތު ކޮރެއާގެ (މިއުޒިކް އިންޑަސްޓްރީ) އަދި މިފަހަރު(ރާއްޖޭގެ އޯޑިއޯ ވިޝުއަލް އިންޑަސްޓްރީ) ގެ މައުލޫމާތު ހިއްސާކުރެވި، މުސްތަޤްބަލުގައި އެކިއެކި ޤައުމުތަކުގެ މިފަދަ އުފެއްދުންތެރިމަސައްކަތްތައް، ސިލްސިލާ ގޮތެއްގައި ލައިވް ސްޓްރީމް ކުރުމަށް ވަނީ ރޭވިފައެވެ.

ވައިޕޯގެ ޕްރޮގްރާމެއްގައި ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތައް ހިމެނިގެން ދިޔުމުން އަންގައިދެނީ، ފިލްމީ ދާއިރާގައި އަދި ދުނިޔޭގެ މައިދާނުގައި، ދިވެހި ހުނަރުވެރިންގެ އަގު ވަޒަންކުރެވޭ ކަމާއި އެކަން ބަލައިގަންނަމުންދާ ކަމެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެއް ކަމަށްވާ، ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، ޖީ.ޑީ.ޕީގެ 15 އިންސައްތަ އަކީ، ކްރީއޭޓިވް އަދި ޑިޖިޓަލް އިޤްތިޞާދުގެ ގޮތުގައި، 2030 ވަނަ އަހަރު އަންނަންވާ އިރަށް ހެދުމަށް ކުރެވެމުންދާ މަސައްކަތަށް ލިބުނު ހިތްވަރެކެވެ.

ވައިޕޯއާއެކު ހިންގުނު މި ހަރަކާތަކީ، އުފެއްދުންތެރި ސިނާއަތްތައް ރާއްޖޭގައި ޤާއިމުކޮށް، އުފެއްދުންތެރިކަން ހަރުދަނާ ކުރުމަށާއި، ފިކުރީ މުދާ ރައްކާތެރި ކުރުމާއި، ގްލޯބަލް ޕާޓްނާޝިޕްތަކަށް ވަނުމަށްޓަކައި، މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތް ދައްކުވައިދޭ ކަމެކެވެ.