އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓާ އެކު މިއަދު، 30 ޖޫން 2022 ގައި އެމްއޯޔޫގައި ސޮއިކޮށްފި އެވެ.
މި ޙަރަކާތުގެ މަޤްޞަދަކީ ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގައި، މިދާއިރާއިން ކެރިއަރު ފެށުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.