Skip to content
ހޯމް » ފިކުރީ މުދަލުގެ ހައްޤުތަކާގުޅޭ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ދިވެހިރާއްޖެއާއި ޔޫކޭ އެކު ބައްދަލުވުމެއް ބާއްވަވައިފި

ފިކުރީ މުދަލުގެ ހައްޤުތަކާގުޅޭ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ދިވެހިރާއްޖެއާއި ޔޫކޭ އެކު ބައްދަލުވުމެއް ބާއްވަވައިފި

ފިކުރީ މުދަލުގެ ހައްޤުތަކާގުޅޭ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ދިވެހިރާއްޖެއާއި ޔޫކޭ އެކު ބައްދަލުވުމެއް ބާއްވަވައިފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ނައިބް އަލްފާޟިލް ޞާލިޙް ޙުސައިން، އިނގިރޭސިވިލާތުގެ ފިކުރީ މުދަލާބެހޭ އޮފީހުގެ އެޓާޗޭ މިސް ޕްރަގްޔާ ޗަތުރުވެދީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ފިކުރީ މުދާ ރައްކާތެރިކުރުމުގައި ދެ ޤައުމުގެ މެދުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަން ޗަތުރުވެދީ ފާހަގަކުރެއްވިއެވެ. އަދި މިނިސްޓަރުގެ ނައިބު ވަނީ ދިވެހިރާއްޖޭގައި ފިކުރީ މުދާ ރައްކާތެރިކުރުމުގެ މިހާރުގެ ޙާލަތާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވައި، ދިވެހި ސަރުކާރުގެ ކްރިއޭޓިވް އިކޮނޮމީ އިނީޝިއޭޓިވްއަށް އިނގިރޭސިވިލާތުން އެހީތެރިވެދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި ފިކުރީ މުދާ ރައްކާތެރިކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އިނގިރޭސިވިލާތުގެ އެހީތެރިކަމަށް އެދިވަޑައިގަތެވެ. ޚާއްޞަކޮށް، ކަލެކްޓިވް މެނޭޖްމަންޓް އޯގަނައިޒޭޝަނެއް އުފެއްދުމާއި، ދިވެހިރާއްޖޭގައި ފިކުރީ މުދަލާބެހޭ ވަކި އޮފީހެއް ޤާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެންނެވިއެވެ.