ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) ގެ ފަރާތުން އިންތިޒާމްކުރެއްވި، މޯލްޑިވްސް މެރިން އެކްސްޕޯ 2025 ހުޅުވުމުގެ ރަސްމިއްޔާތު، މިނިސްޓަރ ސަޢީދު ޝަރަފްވެރި ކޮށްދެއްވައިފި.
ފެބަރުއަރީ މަހުގެ 6 އިން 9 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯގައި، ބޯޓުފަހަރާއި ބޯޓު ބިލްޑިން ޓެކްނޮލޮޖީއާއި މެރިން ސްޕެއާ ޕާޓްސް، މެޝިނަރީ، މަސްވެރިކަމުގެ އާލާތްތައް، ޑައިވިންގ އަދި ވޯޓާ ސްޕޯޓްސް އިކުއިޕްމަންޓް ދައްކާލުމަށް ހަމަޖެހިފައި ވެއެވެ.