Skip to content

ލީގަލް މެޓްރޯލޮޖީގެ ޚިދުމަތްތައް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ފޯރުކޮށްދޭ “ލީގަލް މެޓްރޯލޮޖީ” ޚިދުމަތްތަކަކީ، ދިވެހިރާއްޖޭގެ ވިޔަފާރީގެ މުއާމަލާތްތަކުގައި މިނެކިރުމަށް ބޭނުންކުރާ އާލާތްތަކުގެ ސައްޙަކަމާއި، އިތުބާރު އަދި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް ދެވޭ ޚިދުމަތެކެވެ. 

މި ޚިދުމަތްތަކުގެ މައިގަނޑު މަގުސަދަކީ އިންސާފުވެރި ވިޔަފާރީގެ އުސޫލުތައް ކުރިއަރުވައި، މުދާގަންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމެވެ. 

ފޯރުކޮށްދެވޭ ކެލިބްރޭޝަން ޚިދުމަތްތައް 

ކެލިބްރޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާތައް:  

  • ބަރުދަން (Mass):ވިޔަފާރީގައި ބޭނުންކުރާ ތިލަފަތާއި، ބަރުދަން ބަލާ އެހެނިހެން އާލާތްތައް ކެލިބްރޭޓްކުރުން. 
  • ދިގުމިން (Length):ފޫޓުފީތާ، އަދި ދިގުމިން ބަލަން ބޭނުންކުރާ އެކި ބާވަތުގެ އާލާތްތައް ކެލިބްރޭޓްކުރުން. 
  • މިންވަރު / ވޮލިއުމް (Volume):ތެޔޮ އަޅާ ޕަމްޕު، ޓޭންކު އަދި ދިޔާ ތަކެތީގެ މިންވަރު ބަލާ އެހެނިހެން ވަސީލަތްތަކުގެ ސައްޙަކަން ކަށަވަރުކުރުން. 

ހިިދުމަތަށް އެދި ހުށަހަޅާނެ ގޮތް

ހިިދުމަތަށް އެދި ހުށަހަޅާނެ ގޮތް

– އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަކުރެއްވުން: ޑައުންލޯޑް

– ފުރިހަމަކުރައްވާފައިވާ ފޯމު [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން.