ޖޮބް ސެންޓަރަކީ ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތަކަށް ވެސް މުޅި ރާއްޖޭގައި ވަޒީފާގެ ފުރުސަތުތަކަށް ޕޯސްޓްކޮށް އެޕްލައި ކުރެވޭނެ ޒަމާނީ ޔޫޒަރ ފްރެންޑްލީ ޕްލެޓްފޯމެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ.
ރަޖިސްޓްރީކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތްތަކަށް އެމީހުންގެ ހުނަރުގެ ބާވަތާއި ތަޖުރިބާއާއި އިސްކަންދޭ ކަންކަމާ ގުޅޭ އާ ވަޒީފާއެއް ހުޅުވާފައިވާކަން އަންގާނެއެވެ. އަދި ޖޮބް ސެންޓަރުގައި ތަމްރީނުތަކާއި ކޯސްތަކަށް ސަރޗްކޮށް އެޕްލައި ކުރެވޭނެއެވެ.