Skip to content

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހަކީ ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ހައްޤުތައް ޙިމާޔަތްކޮށް, ކުރިއަރުވައި، ތަންފީޛުކުރުމަށްޓަކައި ޤާއިމް ކުރެވިފައިވާ އޮފީހެކެވެ.

މޮލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހެމެނެނީ:  

  •  ފިކުރީ މުދާ ރަޖިސްޓަރީކުރުން
  •  ރަޖިސްޓަރީކުރެވޭ ފިކުރީ މުދަލުގެ ދަފްތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުނ
  •  ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޖަމާޢަތްތަކާ ގުޅުން ޤާއިމުކޮށް ބަދަހިކުރުމާއެކު އެ ޖަމާޢަތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުން
  • ފިކުރީ މުދަލާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވުމާގުޅޭ ކަންކަމާއި އެ މުޢާހަދާތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމާއި ވިލަރެސްކުރުން
  • ފިކުރީ މުދަލުގެ ދާއިރާއިން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުން
  • ފިކުރީ މުދަލާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކުގެ ދަށުން ލިބިދޭ ޙައްޤުތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން
  • ފިކުރީ މުދަލާގުޅޭ ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެ ޤާނޫނުތަކުގެ ދަށުންއެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުން

ހިދުމަތްތައް

ކޮޕީރައިޓް

ސާވިސް ލިންކް: ވަންގަވް 

ޚިދުމަތުގެ ނަން:

– ކޮޕީރައިޓް ރަޖިސްޓްރޭޝަން

– ކޮޕީރައިޓް ލައިސަންސިންގ

– ކޮޕީރައިޓް ޓްރާންސްފަރ