Skip to content

އެޕީލް ފޯމު

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ތަންފީޛުކުރާ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން، ނިންމަވާފައިވާ ނިންމުންތައް މުރާޖަޢާކޮށްދިނުމަށް އެދި، މިނިސްޓްރީގެ އެޕީލް ކޮމިޓީއަށް މައްސަލަ ހުށަހެޅުން.

މިއީ މި މިނިސްޓްރީން ތަންފީޛުކުރާ ޤާނޫނުތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުންތައް އަލުން މުރާޖަޢާކުރުމަށް މަގުފަހިކޮށްދޭ  ނިޒާމެކެވެ. އެޕީލްކުރުމަށް މައްސަލަ ހުށަހަޅާއިރު، އަމިއްލަ ހައިސިއްޔަތުން ނުވަތަ ޤާނޫނީ ވަކީލަކު، ލޯ ފަރމެއް ނުވަތަ މައްސަލަ ހުށަހެޅުމުގެ ޤާނޫނީ ބާރު ލިބިފައިވާ މަންދޫބަކު މެދުވެރިކޮށް މައްސަލަ ހުށަހެޅިދާނެއެވެ.