Skip to content

ރޯދަ ކުއިޒް 1445 ޖަވާބު

30 رمضان 1445

1. ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމަގެ ބައްޕާފުޅުގެ ނަންފުޅަކީކޮބާ؟

ޢަބްދުﷲ

2. ޢަރުޝީގެ ކަންޒުގެ ތެރެއިން ހިމެނޭ 2 އާޔަތް ކަމުގައި ނަބިއްޔާ ޙަދީޘް ކުރެއްވި 2 އާޔަތަކީ ކޮބާ؟

ސޫރަތުލް ބަޤަރާގެ ފަހު 2 އާޔަތް

3. ސައްޔިދުލް ޤުއްރާއުގެ ލަޤަބު ލިބިވަޑައިގެންނެވި ބޭކަލަކީ ކޮބާ؟

އުބައްޔު ބުން ކަޢްބު

4. ތަރާވީޙް ނަމާދަށް މީސްތަކުން އެންމެ ފުރަތަމަ އެއްކުރެއްވީ ކޮންބޭކަލެއްތަ؟

ޢުމަރު ބިން އަލްޚައްޠާބު

29 رمضان 1445

1. ޢާޝޫރާ ދުވަހަކީ ކޮބާ؟

ދިހައެއް މުޙައްރަމު

2. ޞަހާބީންގެ ތެރެއިން އެންމެ ފަހުން އަވަހާރަވެ ވަޑައިގެންނެވީ ކޮންބޭކަލެއްތަ؟

އަނަސް ބިން މާލިކް

3. ހިޖުރައަށްފަހު މުސްލިމުންގެ ތެރެއިން އެންމެފުރަތަމަ އުފަންވެވަޑައިގެންނެވީ ކޮންބޭކަލެއްތަ؟

ޢަބްދުﷲ ބިން އައްޒުބައިރު ބިން އަލްޢައްވާމް

28 رمضان 1445

1. އަޟްޙާ ޢީދު ދުވަހަކީ ކޮބާ؟

ދިހައެއް ޛުލްޙިއްޖާ

2. މިއުއްމަތުގެ އަމީނަކީ ކޮންބޭކަލެއް؟

އަބޫޢުބައިދާ ޢާމިރު ބިން އަލްޖައްރާޙް

3. އެ ރޯދަ ހިފުމުން ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ފުހެވިގެންދާ ރޯދައަކީ ކޮބާ؟

ޢާޝޫރާ ދުވަހުގެ ރޯދަ

27 رمضان 1445

1. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަވާރިއްޔަ ބޭކަލަކީ ކޮބާ؟

އައްޒުބައިރު ބިން އަލްޢައްވާމް

2. ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރުރަސޫލާގެ މަންމާފުޅު އަވަހާރަވީ އެކަލޭގެ ފާނުންގެ ޢުމުރުފުޅުން ކިތައްއަހަރުފުޅުގަ؟

 އަހަރުފުޅުގައި

3. ތުރްޖަމާނުލް ޤުރްއާންގެ ލަޤަބު ލިބިވަޑައިގެންނެވި ބޭކަލަކީ ކޮބާ؟

ޢަބްދުﷲ ބިން ޢައްބާސް

26 رمضان 1445

1. ޢީދުނަމާދަށް ދިއުމުގައްޔާއި އައުމުގައި ދެމަގު ޚިޔާރު ކުރުމުގެ ހުކުމަކީ ކޮބާ؟

ސުންނަތެއް

2. ޖައްނަތުލް ބަޤީޢުގައި އެންމެފުރަތަމަ މުސްލިމުންގެ ތެރެއިން ފަސްދާނުލެވުނީ ކޮންބޭކަލެއްތަ؟

އަސްޢަދު ބިން ޒުރާރާ

3. ކީރިތި ޤުރްއާންގައި އެންމެފުތަމަ ފިލިޖެއްސެވީ ކޮންބޭކަލެއްތަ؟

 އަބުލްއަސްވަދުއް ދުވަލީ

25 رمضان 1445

1. ބަދުރު ހަނގުރާމަ ހިނގީ ކޮންއަހަރަކު؟

ހިޖުރައިން ދެ ވަނަ އަހަރު

2. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބި ކަނބަލުންގެ ތެރެއިން އެންމެ ފަހުން އަވަހާރަވެވަޑައިގެންނެވީ ކޮންބޭކަނބަލެއްތަ؟

އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ

3. އިމާމު ބުޚާރީގެ ނަންފުޅަކީ ކޮބާ؟

މުޙައްމަދު ބިން އިސްމާޢީލް

24 رمضان 1445

1. ފިޠުރު ޢީދު ދުވަހަކީ ކޮބާ؟

އެކެއް ޝައްވާލު

2. ބަންގި ޝަރުޢު ކުރެވުނި ކޮންއަހަރަކު؟

ހިޖުރައިން އެއް ވަނަ އަހަރު

3. ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރުރަސޫލާގެ މަންމާފުޅަކީ ކޮންބޭކަނބަލެއްތަ؟

އާމިނަތު ބިންތު ވަހްބު

23 رمضان 1445

1. އެބޭކަލަކު އަވަހާރަވުމުން މަލާއިކަތް ބޭކަލުން ނާނޭފުޅު ފިއްލެވި ޞަޙާބީ ބޭކަލަކީ ކޮބާ؟

ޙަންޡަލާ ބިން އަބީ ޢާމިރު

2. ބިކުރުވެރިއެއްގެ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކައިވެނިބައްލަވައިގަތީ ކޮންބޭކަލަކާތަ؟

ޢާއިޝަތު ބިންތި އަބޫބަކުރު ރަޟިޔަﷲ ޢަންހާ

3. މުސްލިމުންގެ ފުރަތަމަ ޤިބުލައަކީ ކޮބާ؟

މަސްޖިދުލް އަޤްޞާ

22 رمضان 1445

1. ޢުމަރުގެ ފާނު ޝަހީދު ކޮށްލީ ކާކު؟

އަބޫ ލުއުލުއަތުލްމަޖޫސީ

2. އެއްކިރުވުމުގެ ގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުޚުތަކީ ކޮންބޭކަނބަލެއްތަ؟

އައްޝައިމާ

3. ރޯދަ ފަރުޟު ކުރެވުނީ ކޮންއަހަރަކު؟

ހިޖުރައިން ދެ ވަނަ އަހަރު

21 رمضان 1445

1. ދާވޫދުގެ ފާނަށް ބާވާލެއްވި ފޮތުގެ ނަމަކީކޮބާ؟

 އައް ޒަބޫރު

2. ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރުރަސޫލާގެ ބޮޑުބޭބޭ އެކަލޭގެފާނު ބަލަހައްޓަން ފެއްޓީ އެކަލޭގެފާނުންގެ ޢުމުރުފުޅުން ކިތައްއަހަރުގަ؟

8 އަހަރުފުޅުގައި

3. ޤިބުލަ ބަދަލު ކުރެވުނީ ކޮންއަހަރަކު؟

ހިޖުރައިން ދެ ވަނަ އަހަރު

4. ޢާއްމު މިސްކިތެއްގައި ކުރާ ނަމާދަށް ވުރެ މަސްޖިދުއް ނަބަވީގައި ކުރާ ނަމާދަކަށް ލިބޭ ދަރުމައަކީ ކޮބާ؟

އެއް ހާސް ނަމާދުގެ ސަވާބު

20 رمضان 1445

1. ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރުރަސޫލާގެ މަންމާފުޅު އަވަހާރަ ވުމުން އެކަލޭގެފާނުގެ ބެލެނިވެރިކަމުގައި ހިއްޕެވީ ކާކު؟

ޢަބްދުލް މުއްޠަލިބު

2. އިސްލާމީ ތާރީޚުގައި މަޝްހޫރު ބަދުރު ހަނގުރާމަ ހިނގީ ހިޖްރީގޮތުން ކޮންމަހެއްގަތަ؟

ރަމަޟާން މަހުގައި

3. ހިޖުރީ މަސްތަކުގެ ތެރެއިން ރ އިން ފެށެނީ ކިތައް މަސްތަ؟

ހަތަރު މަސް

4. ފިރި މަރުވެފައިވާ މާބަނޑު ނޫން އަންހެނާގެ ޢިއްދައަކީ ކޮބާ؟

4 މަހާ 10 ދުވަސް

19 رمضان 1445

1. ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރުރަސޫލާ އުފަންވެވަޑައިގެންފައިވަނީ މީލާދީން ކޮންއަހަރެއްގައި؟

 571 ވަނަ އަހަރު

2. 2 ވަނަ އަށް މިބިންމަތީގައި ބިނާ ކުރެވުނު މިސްކިތަކީކޮބާ؟

މަސްޖިދުލް އަޤްޞާ

3. ހިޖުރީ އަހަރުގެ ފުރަތަމަ މަހަކީ ކޮބާ؟

މުޙައްރަމު މަސް

4. ނަރަކައިގެ ބަނޑޭރި އަކީ ކޮންބޭކަލެއްތަ؟

މާލިކު ޢަލައިހިއްސަލާމް

18 رمضان 1445

1. ރިބާ ކެއުމުގެ ޙުކުމަކީ ކޮބާ؟

ޙަރާމް ކަމެއް

2. ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރު ރަސޫލާއަކީ، ޤުރައިޝްވަންހައިގެ ކޮންދަރިކޮޅަކުން ވަޑައިގެންހުންނެވި ބޭކަލެއް؟

ހާޝިމުގެ ދަރިކޮޅުން

3. ޢީސާ ޢަލައިހިއްސަލާމަށް ބާވާލެއްވި ފޮތުގެ ނަމަކީ ކޮބާ؟

އަލް އިންޖީލް

4. ހިޖުރީ އަހަރުގެ އެންމެ ފަހު މަހަކީ ކޮބާ؟

ޛުލް ޙިއްޖާ މަސް

17 رمضان 1445

1. އެކަމެއް ނުކުރުމުން ޡަވާބުލިބޭ އަދި ކުރުމުން ޢަޛާބު ނުލިބޭ ކަންކަމަކީ ކޮބާ؟

މަކްރޫހަ ކަންތައް

2. ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރު ރަސޫލާގެ ކާފާފުޅަކީ ކޮންބޭކަލެއްތަ؟

ޢަބްދުލް މުއްޠަލިބު

3. ހިޖުރީ އަހަރެއްގައި އޮންނަނީ ކިތައް މަސްތަ؟

12 މަސް

16 رمضان 1445

1. ނަމާދަށް ހުންނައިރު ދެފައިތިލަ ބަހައްޓަން އެންމެ ރަނގަޅު ގޮތަކީ ކޮބާ؟

ޤިބުލައަށް ކުރިމަތި ވާގޮތަށް ތެދަށް

2. ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރުރަސޫލާ އުފަންވެވަޑައިގެންނެވީ ކޮންރަށެއްގައި؟

މައްކަތުލް މުކައްރަމާ

3. މޫސާގެ ފާނަށް ބާވާލެއްވި ފޮތުގެ ނަމަކީކޮބާ؟

އައް ތައުރާތު

15 رمضان 1445

1. މިއުއްމަތުގެ ފިރުޢައުނަކީ ކޮބާ؟

އަބޫ ޖަހުލު

2. ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރުރަސޫލާގެ ކާފާފުޅު އަވަހާރަ ވުމުން އެކަލޭގެފާނު ބެލެހެއްޓެވީ ކާކު؟

އަބޫ ޠާލިބު

3. އެންމެ ފުރަތަމަ މިބިންމަތީގައި ބިނާ ކުރެވުނު ﷲ ގެ ގެކޮޅަކީ ކޮބާ؟

މަސްޖިދުލް ޙަރާމް

14 رمضان 1445

1. މަދީނާގައި އުޅުނު ޔަހޫދީންގެތެރެއިން މުސްލިމުންނާ ކުރެވިފައިވާ މުޢާހަދާއާ އެންމެފުރަތަމަ ޚިލާފްވީ ކޮންބައެއް؟

ބަނޫ ޤައިނުޤާޢުގެ ޔަހޫދީން

2. އެންމެ ފުރަތަމަ ބަންގި ގޮވާލެއްވި ކޮންބޭކަލެއް؟

ބިލާލު ރަޟިޔަﷲ އަންހު

3. ސުވަރުގޭގެ ބަނޑޭރިއަކީ ކޮންބޭކަލެއް؟

ރިޟްވާން ޢަލައިހިއްސަލާމް

13 رمضان 1445

1. އެ ހުވައެއްކުރުމުން އެއްވެސް ޢަޛާބެއް ނުލިބޭ ހުވައަކީ ކޮބާ؟

އެއްވެސް ނިޔަތަކާ ނުލާ ކުރާ ހުވާ

2. ޓެކުމުގެ ޙުކުމަކީ ކޮބާ؟

ޙަރާމް ކަމެއް

3. އެންމެފުރަތަމަ މުސްލިމުން ޢީދު ފާހަގަކުރީ ހިޖުރައިން ކިތަށްވަނަ އަހަރު؟

ދެވަނަ އަހަރު ފިޠުރު ޢީދު

12 رمضان 1445

1. “އުލުލް ޢަޒުމި” ގެ ގޮތުގައި ހިމެނެނީ ކިތައް ރަސޫލުބޭކަލުންތަ؟

5 ބޭކަލުން

2. ޣަނީމާ މުދަލަކީ ކޮބާ؟

ހަނގުރާމައިން ލިބޭ މުދާ

3. ސައިތައްޓެއްފަދަ އެއްޗެއްގެ ތެރެއަށް މެއްސެއް ވެއްޓިއްޖެނަމަ ހަދާނެގޮތަކާމެދު ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރު ރަސޫލާގެ އިރުޝާދުފުޅަކީ ކޮބާ؟

އެމެހި އޭގެތެރެއަށް ގަންބައިލުމަށްފަހު ނަގައި އެއްލާލައި އެއެއްޗެއް ބޭނުންކުރުން

11 رمضان 1445

1. ހަނދާންނެތުމާއި ނިދުމަކީ ދެ ޢުޛުރެވެ. އެއީ:

ނަމާދު ވަގުތުން ފަސްވެ ދިއުމަށްޓަކައި

2. ރާބުއިކަން ސާބިތުކުރުމަށްޓަކައި ބޭނުންވަނީ ކިތަށް ހެކިވެރިން؟

ޢަދުލުވެރި ދެ ފިިރިހެނުން

3. އެކަމެއް ނުކުރުމުން ޡަވާބު ލިބޭ އަދި ކުރުމުން ޢަޛާބު ލިބޭ ކަންކަމަކީ ކޮބާ؟

ޙަރާން ކަންތައް

10 رمضان 1445

1. ޢީދުނަމާދުކުރުމުގެ ޙުކުމަކީ ކޮބާ؟

ސުންނަތެއް

2. ތިން ޖަމްރާ ހުންނަނީ ކޮންތަނެއްގައި؟

މިނާގައި

3. އިސްލާމުދީނުގައި ރާ ޙަރާމް ކުރެއްވުނީ ކިތަށްފަހަރު މަތިން؟

ތިންފަހަރު މަތިން

9 رمضان 1445

1. ރޭގަނޑުގެ ދަމުނަމާދު ސަބަބަކާހުރެ ފާއިތުވެއްޖެނަމަ ދުވާލު އެ ޤަޟާކުރުމުގެ ޙުކުމަކީ ކޮބާ؟

މުބާޙު

2. ޢާއްމު މިސްކިތެއްގައި ކުރާ ނަމާދަށް ވުރެ މަސްޖިދުލް ޙަރާމުގައި ކުރާ ނަމާދަކަށް ލިބޭ ދަރުމައަކީ ކޮބާ؟

އެސަތޭކަ ހާސް ނަމާދުގެ ސަވާބު

3. ހުކުރު ނަމާދުގައި ޚުތުބާ ކިޔުމުގެ ޙުކުމަކީ ކޮބާ؟

ވާޖިބެއް

8 رمضان 1445

1. ވުޟޫ ކުރުމަށް ޢުޛުރުވެރިވާ މީހާ ހަދާނީ ކިހިނެތް؟

ތަޔައްމަމް ކުރާނީ

2. ބަންގި ޝަރުޢުކުރެއްވުނީ ހިޖުރައިން ކިތަށްވަނަ އަހަރު؟

އެއްވަނަ އަހަރު

3. އެކަމުގެ ސަވާބު ގިނަކަމާއި މާތްކަން މީސްތަކުންނަށް އެނގޭނަމަ އެކަން ހާސިލްކުރުމަށްޓަކައި ގުރުއަތުލާން ޖެހުނުނަމަވެސް އެކަން ކުރާނެކަމަށް ޙަދީޘް ކުރައްވާފައިވާ ކަމަކީ ކޮބާ؟

ފުރަތަމަ ސަފުގައި ހުރެ ނަމާދު ކުރުން

7 رمضان 1445

1. މުސްލިމަކު ބަލި ކާފަރަކަށް ގޮވާލަންދިޔުމުގެ ޙުކުމަކީ ކޮބާ؟

މުބާޙު ކަމެއް

2. ޙައްޖުގައި ޖަމްރާއަށް ހިލައުކުމުގެ ޙުކުމަކީ ކޮބާ؟

ވާޖިބެއް

3. ވުޟޫކުރާއިރު ގުނަވަނެއްގައި މަދުވެގެން ފެންލެވޭނީ ކިތައްފަހަރު؟

އެއް ފަހަރު

6 رمضان 1445

1. އިސްލާމުދީނުގެ ތަނބަކީ ކޮބާ؟

ނަމާދު

2. އިސްލާމުދީނުގައި ބަނގުރާ ބުއިމުގެ ޙުކުމަކީ ކޮބާ؟

ޙަރާމް ކަމެއް

3. އަންހެނުން އަޑުހަރުކޮށް ތަލްބިޔާ ކިޔުމުގެ ޙުކުމަކީ ކޮބާ؟

މަކްރޫހަ ކަމެއް

5 رمضان 1445

1. ކުޅަދާނަ ވެގެންވާ މީހާ ޙަޖަރުލް އަސްވަދުގައި ބޮސްދިނުމުގެ ޙުކުމަކީ ކޮބާ؟

ސުންނަތެއް

2. ޠަވާފުގެ ދެރަކްޢަތުގެ ޙުކުމަކީ ކޮބާ؟

ސުންނަތެއް

3. ޠަވާފުގައި ވަނީ ކިތައްބުރު؟

ހަތް ބުރު

4 رمضان 1445

1. ޙުރުމަތްތެރިވެގެންވާ ހަތަރު މަހަކީ ކޮބާ؟

ޛުލްޤައިދާ، ޛުލްޙިއްޖާ، މުޙައްރަމް، ރަޖަބު

2. ރޯދައަށް ހުރުމަށް ހާރުކެއުމުގެ ޙުކުމަކީ ކޮބާ؟

ސުންނަތެއް

3. ޙައްޖުވެރިން މައްކާއަށް ގޮސް އެންމެ ފުރަތަމަ ކުރާ ޠަވާފަކީ ކޮބާ؟

ޠަވާފުލް ޤުދޫމި

3 رمضان 1445

1. ޢާއްމު މިސްކިތެއްގައި ކުރާ ނަމާދަށް ވުރެ މަސްޖިދުލް އަޤްޞާގައި ކުރާ ނަމާދަކަށް ލިބޭ ދަރުމައަކީ ކޮބާ؟

ފަސް ސަތޭކަ ނަމާދުގެ ސަވާބު

2. ވައްކަމަކީ ކޮބާ؟

މީހެއްގެ އެއްޗެއް ސިއްރުން ގެންދިއުން

3. ޤިޔާމުއްލައިލިގެ ޙުކުމަކީ ކޮބާ؟

ސުންނަތެއް

2 رمضان 1445

1. ތިލާވަތުގެ ސަޖިދަކުރުމުގެ ޙުކުމަކީ ކޮބާ؟

ސުންނަތެއް

2. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާދަކޮށް ހަފްތާގައި ރޯދަ ހިއްޕަވާ ދުވަސްތަކަކީ ކޮބާ؟

ހޯމަ، ބުރާސްފަތި

3. އެ ރޯދަ ހިފުމުން ފާއިތުވެ ދިޔަ އަހަރުގެ ފާފައާއި އަންނަންއޮތް އަހަރުގެ ފާފަތައް ފުހެވިގެންދާ ރޯދައަކީ ކޮބާ؟

ޢަރަފާތް ދުވަހުގެ ރޯދަ

1 رمضان 1445

1. ކުށު ސަޖިދަ ކުރާއިރު ކުރާނީ ކިތަށް ސަޖިދަ؟

ދެ ސަޖިދަ

2. ވިތުރީގެ އެންމެ މަދުމިނަކީ ކޮބާ؟

އެއް ރަކުޢަތް

3. “ޞަލާތުލްއައްވާބީން” މި ނަން ދެވިފައިވާ ނަމާދަކީ ކޮބާ؟

ޟުޙާ ނަމާދު