ބިދޭސީން ދިވެހިރާއްޖޭގެ ވަޒީފާތަކަށް ގެނައުމާ ގުޅޭ ގޮތުން ދޫކުރަންޖެހޭ ހުއްދަތަކާ ގުޅޭ ހުރިހާ މަރުހަލާއެއް ބެލެހެއްޓުމަކީ މިނިސްޓްރީގެ މައިގަނޑު އެއް ޒިންމާއެކެވެ. އެގޮތުން، ހުއްދަތަކަށް އެދުމާއި، ހުއްދަތައް ދޫކުރުމުގެ ކަންކަން އިންތިޒާމް ކުރެވި ތަންފީޛު ވެގެންދަނީ، ވަޒީފާއާ ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ދަށުންނެވެ.
ކަނޑައެޅިފައިވާ ވަޒީފާގެ އެކި އެކި ދާއިރާތަކަށް ބިދޭސީން ގެނައުމަށްޓަކައި، މިނިސްޓްރީގެ “އެކްސްޕެޓް ޕޯޓަލް” މެދުވެރިކޮށް “ކޯޓާ” އަށް އެދެވޭނެއެވެ. “ކޯޓާ” ލިބުމުން، ބިދޭސީ މުވައްޒަފު ދިވެހިރާއްޖެއަށް ގެނައުމަށްޓަކައި “އެންޓްރީ ޕާސް” ހޯދުމަށް އެދެވޭނެއެވެ.
ދިވެހިރާއްޖެއަށް ބިދޭސީން، ވަޒީފާއަށް ގެނައުމާ ގުޅޭ ހުރިހާ ޙިދުމަތްތަކެއް “އެކްސްޕެޓް ޕޯޓަލް” މެދުވެރިކޮށް ލިބޭނެއެވެ.
އެންގުން
- 15/02/2023
- ބިދޭސީންގެ ވަޒީފާ