Invitation to participate in "Bazaruge Ehme Heyo Agu" Program

Published on 23 Jun 2015


ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލުން


ރަމަޟާން މަހުގައި، މުދަލުގެ އަގުތަކާއި ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމަށްޓަކައި "ބާޒާރުގެ އެންމެ ހެޔޮ އަގު" މި ނަމުގައި، ފާއިތުވީ އަހަރުތަކުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ، އެއްބާވަތެއްގެ މުދާ ތަފާތު އަގުތަކުގައި ލިބެންހުންނައިރު އެންމެ އަގު ހެޔޮކޮށް މުދާ ލިބެންހުންނަ ފިހާރަތަކާބެހޭ މަޢުލޫމާތުތައް އާންމުންނާއި ހިއްސާކޮށް މިކަމުގައި ރައްޔިތުންނަށް ފަސޭހަކޮށްދިނުމެވެ.
 

މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުން، އަދި މިނިސްޓްރީގެ ކައުންޓަރއިން
24 ޖޫން 2015 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެއެވެ. މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ ނަންބަރު 3333142 އަށް ގުޅުއްވުން އެދެމެވެ.